އާދިއްތަ, November 1
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގަތީ މިއަދު ހަވީރެވެ.

އެމަނިކުފާނާއި އަނބިކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ.

އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވާނީ އެ މަނިކުފާނު އަމިއްލަފުޅަށް ކަމަށާއި، އޭގެ ތެރޭގައި އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާ އާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ކުރިން ވަނީ ވިދާޅުވެފަ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު