Saturday, October 31
މާލޭގެ ކެފޭތަކެއް ބަލައި، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ 08 ކެފޭއެއް ބަލައި ފާސްކުރެވިފައިވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 03 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު