އާދިއްތަ, November 1
މާލޭ ހިޔާތެރޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

މާލޭ ހިޔާތެރޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާ ތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ 2024 ނޮވެމްބަރު 25 ވަނަ ދުވަހުގެ 18:25 ހާއިރު ބުރުޒުމަގު، ސިނަމާލެ 1 ޕާރކިންގ ޒޯނުގައި ޕާރކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލާފައިވާ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރެވިފައި ވަނީ މ. އަރާރަތްކުރި، ޚާލިދު މަހުމޫދު (35އ) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ހަސަން ނަސީމް (31އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު