އާދިއްތަ, November 1
މާފަންނުގައި ހުރި ކެފޭއެެއްގައި މާރާމާރީއެއް ހިނގައިފި

މާފަންނުގައި ހުރި ކެފޭއެެއްގައި މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގައި މާރާމާރީއެއް ހިނގައި މީހަކު ޒަހަމް ކޮށްލި ކަމުގެ މައްސަލައެއް މިރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ މާރާމާރީ ގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ 44 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

މި މައްސަލައިގެ އިިތުރު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.

މި މައްސަލަ ފުލުހުން މިހާާރު ދަނީ ތަހުގީގު ކުރަމުން ނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު