އާދިއްތަ, November 1
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ފެރީގެ ޝެޑިއުލްތަކަށް ބުރޫއަރާފާނެ - އެމްޓީސީސި

ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ލަފާކޮށްފައި ވާތީ ޒޯން ފެރީތަކާއި، އާރްޓީއެލް ފެރީގެ ޝެޑިއުލްތަކަށް ބުރޫއަރާފާނެ ކަމަށް އެމްޓީސީސީ އިން މިރޭ ބުނެފި އެވެ.

އެމްޓީސީސީ އިން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އާއި ބޭ އޮފް ބެންގަލްއާ ދެމެދުގައި އުފެދިފައިވާ ބާރު ގަދަ ކޮޅިގަނޑެއްގެ ސަބަބުން 27 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގެ ވައި ބާރުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން ވަނީ ލަފާދެއްވާފަ ކަމަށެވެ.

އެހެން ކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މޫސުން ގޯސްވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުވެރިންގެ ސަލާމަތަށްޓަކައި އެމްޓީސީސީ އިން ފޯރުކޮށްދެމުން ގެންދާ ޒޯން ފެރީތަކާއި، އާރްޓީއެލް ފެރީގެ ޝެޑިއުލްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި އިތުރު މައޫލޫމާތު ހޯދުމަށް އެމްޓީސީސީ ގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު