Saturday, October 31
ފުލެޓު ދޭނީ ހައްގުވެރިންނަށް، ލިސްޓަށް ނުފޫޒެއް ނުފޯރުވޭނެ: ހައުސިންގ މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަން މަސައްކަަތަށް އެކި ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަ
ހައުސިންގ މިނިސްޓްރީން މިރޭ ދޮގުކޮށްފިއެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ވަކި ބަޔަކު ހިމެނުމަށް ޕީއެންސީގެ މަޖިލިސްގެ މެންބަރުން ނުފޫޒު ފޯރުވާކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަން މަސައްކަަތަށް މަޖިލިސް މެންބަރުންނާއި، ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަ ފަތުރަމުންދަނީ އާންމުންގެ ހިތްތަކުގައި އެ މިނިސްޓްރީއާމެދު ނުބައި ތަސައްވުރެއް އުފެދުމަށް ކަމަށާއި، އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މިނިސްޓްރީން ވަނީ މި ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަން މަސައްކަަތަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

މިނިސްޓްރީން ބުނީ މަގުސަދަކީ މި ސްކީމުގެ ދަށުން ފުލެޓުތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތަށްކަމުގައި ކަނޑައެޅިގެން ދިއުން ކަމަށެވެ.

މި މަސައްކަތަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައަކަށްވާތީ މިކަމުގައި އެ މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއްނެތި ސިޔާސީ ބޭނުމަށް ހަގީގަތާ ޚިލާފު ޚަބަރު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު