Saturday, October 31
މަޖިލީހުގެ ރައީސް، ނަޝީދާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދުއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބައްދަލު ކުރި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޮގުކޮށްފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަދަދު ނޫހުގައި "މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރަށްވައިފި" ސުރުހީގެ ދަށުން ސާއިއުކޮށްފައިވާ ހަބަރު ދޮގުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވި ކަމަށް ބަޔާންކޮށްފައިވާ މިހަބަރަކީ ހަގީގަތާ ހިލާފު ވާހަކައެއްކަން މައޫލޫމާތަށްޓަކައި ދަންނަވަމެވެ. ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ބައްދަލުކުރަށްވާފައި ނުވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"އަދަދު" ނޫހުން ބުނިގޮތުގައި އަބްދުއްރަހީމް އާއި ނަޝީދު މިއަދު ހެނދުނު، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި ބައްދަލުކުރެއްވިކަން، އެ މައުލޫމާތު އެނގޭ ބައެއް މީހުން "އަދަދު" ނޫހަށް ކަށަވަރުކޮށްދިން ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު