Saturday, October 31
ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އިއްޔެ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލާފާސްކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭތަކެތި އަޅާފައި ހުރި ޕެކެޓުތަކެއް ކަސްޓަމްސްއިން އަތުލައިގަނެފައި ވާނެ ކަމަށެވެ.

މި ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯ ހުރިކަމަށާއި އެތަކެތީގެ މަގުމަތީ އަގު 3 މިލިއަން ދިވެހި ރުފިޔާއަށް އަށް ވުރެ ގިނަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު