Saturday, October 31
ހަށިވިއްކުމުގެ ވިޔަފާރީގެ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ޑީޕޯޓުކޮށްފައިވާ އަދި ޑީޕޯޓުކުރުމަށް ނިންމާފައިވާ ބިދޭސީން. ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށެވެ.

އެގޮތުން 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ 04 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިއީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ރެކޯޑް އަދަދެއް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

 

 

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު