Saturday, October 31
ބޯކޮށް ވާރޭވެހި މާފަރުގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭވެހި ނ . މާފަރުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއް ގައި ބުނި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ނ. މާފަރުގައި ފެންބޮޑުވެފައިވާކަމަށެވެ.

އަދި ރަށު ކައުންސިލާއި، ފުލުހުންނާއި އަދި އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމާއެކު، ޕަންޕް ބޭނުންކޮށްގެން ރަށު ތެރެއިން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި މާފަރުގައި ފެންބޮޑުވެ 5 ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި އޭގެތެރެއިން އެއް ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.

މާފަރުގައި ފެންބޮޑުވެފައި

މި ވިއްސާރަ ކުރިއަށް އޮތް 5 ދުވަހު ވެސް ކުރާނެ ކަމަށާއި،  ރާއްޖެ ސަރަހައްދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު