Saturday, October 31
ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ތިލަފުށީގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ތިލަފުށީގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި 257 ބިދޭސީން ޗެކްކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ އިތުރުން 22 ބިދޭސީއަކު އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ 28 އޮފިސަރުންނާއި 35 ފުލުހުން ބައިވެރިވި އެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު