Saturday, October 31
ގޮނޑި ގެއްލެން ވާނީ ވަކި ހާލަތުތަކެއްގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބިގެން: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލެން ވާނީ ވަކި ހާލަތްތަކެއްގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތުތައް ލިބިގެން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމް.ޑީ.ޕީގެ ލީޑަރޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ތަރައްޤީވެފައިވާ ޑިމޮކްރަސީތަކުގައި އެންޓި ޑިފެކްޝަނަކީ އޮތުން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ރައްކާތެރިކުރާ ބަޔަކު ތިބޭ ތަނެއް ކަމަށާއި، އެހެންކަމުން އެތަނުގައި ތިބޭ ފަރާތްތަކަށް ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކުމުގެ ފުރުޞަތު އޮތުމަކީ ޑިމޮކްރަސީއެއްގައި ނުވަތަ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކޮންމެހެން މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އެ މޯރަލް ރެސްޕޮންސިބިލިޓީއެއް ގޮތުގައި އަދި ޖުޑީޝަރީގެ ތެރެއަށް ދިއުމުގެ ފުރުޞަތު ބޭއްވީ"، ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ޕާޓީގެ ވިޕާ ޚިލާފުވުމުން ގޮނޑި ގެއްލޭނެ ހާލަތްތަކެއް ހުންނަންޖެހޭނެ ކަމަށާއި، ޕާޓީތަކަކީވެސް މިއަދު ދައުލަތުގެ ބައެއް ކަމަށާއި، ޕާޓީތަކާ ދޭތެރޭ މީހުން އެއްޗެހި ކީނަމަވެސް، ރައްޔިތުންގެ ކަންކަމާމެދު ގޮތް ނިންމަނީ ޕާޓީތަކުގެ ތެރެއިން އަންނަ ކަންތައްތަކަކުން ކަމަށެވެ.

"އޭގަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އޮންނަންވާނީ ޑިއު ޕްރޮސެސް އެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މެންބަރުގެ ގޮނޑި ގެއްލެން ވާނީ ވަކި ހާލަތްތަކެއް މެދުވެރިވެ، އޭނާއަށް އެ އެޕީލްކުރުމުގެ ފުރުޞަތުތަކެއް ލިބިގެން. ނުވަތަ ރިކޯލް ވޯޓަކަށް ރައްޔިތުންނާ ހިސާބަށް ދިއުމުގެ ފުރުޞަތު. އެއީ އެންމެ ރަނގަޅު ގޮތް އަޅުގަނޑު ދެކޭ ގޮތުގައި"، ފައްޔާޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު