Saturday, October 31
އައިކޮމްއިން ބޭއްވި އަޑުއެހުމަކަށް ހާޒިރުނުވުމުން ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި އަޑުއެހުމަކަށް ހާޒިރުނުވުމުގެ ސަބަބުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޖޫރިމަނާކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ، ހައުސިންގ މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އައިކޮމްއިން ބުނީ މައުލޫމާތު ހޯދުމަށް އެދި ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓްރީއިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ބުނެ އައިކޮމްއަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާއެކު މި މަހުގެ 07 ވަނަ ދުވަހަށް ބައްދަލުވުމެއް ތާވަލުކުރެވުނު ކަމަށެވެ.

ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތްނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއްގަޑިއިރުގެ ކުރިން އެކަން އަންގަންވާނެކަމަށް މަހޯލި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހައުސިންގ މިނިސްޓްރީ ޖޫރިމަނާކުރީ އެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށް އައިކޮމްއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު