Saturday, October 31
‎މެންބަރުކަމަށް ކެންޕޭން ކުރިއިރު ގިނަ ރައްޔިތުން އެދުނީ އިންތިޚާބުވާ ޕާޓީ ބަދަލު ނުކުރުމަށް‎: ރުކުމާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށް ކެންޕޭން ކުރިއިރު އެއްކަމަކަށް އެންމެ ގިނަ ރައްޔިތުން އެދުނީ އަދި ޝަރުތުކުރީ އިންތިޚާބުވާ ޕާޓީ ބަދަލު ނުކުރުމަށް ކަމަށް، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ މިހެން ވިދާޅުވީ ރޭ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރުކުމާ ވިދާޅުވީ، އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން، ސިޔާސީ މައިދާން ކިލަނބުކުރުމަށް އެތެރެއިންނާއި ބޭރުން ކެނޑިނޭޅި މަސައްކަތްކުރާ ފަރާތްތަކުގެ ފަސާދައިން ޤައުމު ސަލާމަތްވެ މެމްބަރުންނަށް ރައްޔިތުން ކުރާ އިތުބާރުބޮޑުވާނެ ކަަމަށެވެ.

ރުކުމާ ވިދާޅުވީ ތަޖުރިބާ ކުރެވުނު ހަގީގަތަކީ ލިބުނު ވޯޓުގެ އެންމެ މަތީ ނިސްބަތަކީ ޕާޓީއަށް ރައްޔިތުންދިން ވޯޓްކަމާއި، ޚުދު އެ މަނިކުފާނަށްވެސް ޕާޓީ ބަދަލުކުރުމަށް ބޮޑެތި އަދަދުތަކުން ހުށައެޅި ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުން ފެށިފައިވަނީ 2009 ގެ ފަހުން ނުވަތަ 17 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައިން ކަމާއި، 17 ، 18 ، 19 ވަނަ މަޖިލީހުގައިވެސް ޕާޓީ ބަދަލުކުރުމުގެ ސަގާފަތެއް އޮތީ އަށަގަނެފައި ކަމަށާއި، އަދި މިގޮތަށް ޕާޓީ ބަދަލުކުރި ފަރާތްތަކަށް ގިނައަދަދުތަކުން ފައިސާ ހުށައެޅިކަމުގެ ތުހުމަތުވެސް ކުރެވޭކަމަށް ރުކުމާ ވިދާޅުވެފައި ވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު