މާލޭ ސަރައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %74.1 މިހާރު ދަށްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި، އުސޫލުން ބޭރުން ރަޖިސްޓަރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ގެނެވުނު ބަދަލުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު 31 އާ ހަމައަށް މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %74.1 މިހާރު ދަށްވެފައިވާ ކަމަށެވެ. އަދި ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތްވެސް %8.1 މަދުވެފައިވާ ކަމަށެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާ ކަމަށާއި، މިއީ މާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން