Saturday, October 31
މިނިސްޓަރ އަމީން، މާލެ ސިޓީ މޭޔަރާއި ބައްދަލުކުރައްވައިފި

މާލޭ ފަޅުތެރޭގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި، މާލެ ސިޓީ މޭޔަރ އާދަމް އާޒިމް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ބައްދަލުކުރައްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި މާލޭގެ ބަނދަރާއި ފަޅުތެރޭގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މިއީ މާލެ ސިޓީ ފަޅުތެރެ ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ބައްދަލުވުމެއް ކަމަށެވެ.

މާލޭގެ ފަޅުތެރޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވަމުން ދިއުމާއެކު، ޓްރެފިކް މައްސަލަތައް ވެސް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު