ދެ ތެޔޮ ކޭސް ވަގަށް ނެގި މީހަކު 35,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
26 ޖަނަވަރީ 2019ގައި، ސައިކަލެއްގެ މަތީގައި ބަހައްޓާފައި ހުރި ސަންފްލާވަރ ބްރޭންޑްގެ 2 ތެޔޮ ކޭސް ވަގަށް ނަގާފައިވާކަމުގެ ދައުވާ ސާބިތުވެފައިވަނީ ހއ. ހޯރަފުށި، ދިވެލި، ޢަލި ރިޟާ އަދި މުޙައްމަދު ޝަރީފްގެ މައްޗަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި މުޙައްމަދު ޝަރީފް ވަނީ ކުށަށް އިޢުތިރާފްވެފައެވެ. އަދި އޭނާއަކީ މިހާރު ވަޒީފާގައި އުޅޭ ފަރާތަކަށްވާތީ، ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
މިގޮތުން މުޙައްމަދު ޝަރީފު އެދުނު ގޮތަށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ 6 މަސް ދުވަހަށް ޖަލަށްލުމަށް ކުރި ޙުކުމް، ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ)ގެ ދަށުން 35،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށް، މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން