ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސް އިން މާދަމާ އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.
މި އޯޕަންޑޭގެ މަޤުޞަދަކީ އާންމު ރައްޔިތުންނާއި ޑީޖޭޖޭއާ ގާތްގުޅުމެއް ބަދަހިކޮށް ޑީޖޭޖޭގެ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމެވެ.
ރައްޔިތުންނަށް ހުޅުވާލާފައިވާ މި އޯޕަންޑޭ ކުރިއަށްދާނީ މާދަމާ ހެނދުނު 09:00 އިން 11:00އަށް ހ. ސަކީނާމަންޒިލް ( 04ވަނަ ފަންގިފިލާ އެޕާޓްމަންޓް 4ބީ ގައެވެ.
ޑީޖޭޖޭގެ މަސައްކަތްތަކާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވާނީ މިނިސްޓްރީ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛް އަޙްމަދު ސިއްދީޤާއި ޖުވަނައިލް ޖަސްޓިސް ކޯޑިނޭޓަރ ޝަޒީނާ ސަޢީދު، ޑިރެކްޓަރ ހައްވާ ޒިމްނާގެ އިތުރުން ސީނިއަރ ލީގަލް އޮފިސަރ ފާތިމަތު ފަޒީލާ އަދި ޑިރެކްޓަރ ޢަލީ އައުޒަމްއެވެ.
މީގެ އިތުރުން އެން.ސީ.އައި.ޓީން ވެސް ވަނީ މާދަމާ އޯޕަންޑޭ ބާއްވަން ނިންމައިފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފަިއވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00ގެ ނިޔަލަށް އެން.ސީ.އައި.ޓީގައެވެ. މި އޯޕަންޑޭވެސް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން