Saturday, October 31
ރައްޔިތަކު ގުޅިޔަސް، މަޖިލިސް މެންބަރަކު ގުޅިޔަސް، އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނަން: ހީނާ
ވާތުވެދިޔަ ތަނުގައި އިޖުތިމާޢީ އަދާލަތުގެ ނިޒާމު އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބޭނުންކުރެވިފައި ކަމަށާއި، ސިޔާސީ ގޮތުން ބޭނުންވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާދީފައިވާކަން ފާހަގަކުރެވޭ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީ.އީ.އޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ސިޔާސީ ގޮތުން އެންސްޕާ ނުވަތަ އާސަންދައިގެ ނިޒާމު ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވަނީ، ފާއިތުވި ދުވަސްތަކުގައި އާސަންދައިގެ ތެރެއިން ރިސްޓްރިކްޓްކުރެވިފައިވާ ދާއިރާތަކަށް، މިސާލަކަށް ކޮސްމެޓިކް ސާޖަރީ ނުވަތަ ހަށިގަނޑު ރީތިކުރުމަށް ދުބާއީފަދަ ތަންތަނުން އާސަންދައާއި އެންސްޕާގެ ޚިދުމަތްތައް ދީފައިވާތީ ކަމަށެވެ. ހީނާ ވިދާޅުވީ ބައެއް ހާލަތްތަކުގައި މިހާރުވެސް ރައްޔިތުންނާއި މަޖިލިސް މެންބަރުން އެހީ ފޯރުކޮށްދިނުމަށް އެދި ގުޅާ ކަމަށާއި، އެއީ އެ ސްކީމްތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުން ނޫން ކަމަށާއި، އެގޮތަށް ގުޅާ ބޭފުޅުންނަށް އުސޫލު އޮންނަ ގޮތަކީ ކޮބައިކަން އޮޅުންފިލުއްވައިދެއްވާ ކަމަށެވެ.

”އަޅުގަނޑުމެންނެއް އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ. ރައްޔިތަކު ގުޅިޔަސް، ނުވަތަ އެމްޕީއަކު ގުޅިޔަސް، އަދި ވަޒީރަކު ގުޅިޔަސް، އެ އިންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން ކަންކަން ކުރާނީ“، ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައިވާއިރު، އާސަންދައާއި އެންސްޕާގެ ބޭނުން ނަހަމަ ގޮތުގައި ނެގުން ހުއްޓުވައި، އެ ސްކީމްތައް، އޭގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ލިބޭނެ ގޮތަށް ނިޒާމު އިޞްލާޙުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު