Saturday, October 31
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

މިދިޔަ ހަފުތާގައި ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ ޠަލާލް މުޙައްމަދު (37 އ)، މާލެ، ދަފްތަރު ނަންބަރު ރސ 9022، ހުޝާމް އިބްރާހިމް (34 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ، ޙުސައިން ހައިކަލް ނިޔާޒް (23 އ)، ގ.ކަޅަގާރިމާގެ، އާދަމް ޝަރީފް (36 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ އަދި އަޙްމަދު ރިފްޝާން (26 އ)، ހުޅުމާލެ ފްލެޓް ނަންބަރު. 04-1-71 އެވެ.

އެ މީހުން ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުގެރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި ކަމަށް ބުނާ މައްސަލައެއްގައެވެ.

މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ ހަތް ދުވަހަށް ބަންދުކުރުމަށެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ.

އެގޮތުން ބަންދާމެދު އިތުރު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލާގައި ފުުލުހުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު