Saturday, October 31
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭގައި މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލާގެ ވާހަކަ ހިއްސާކުރި މީހަކު ބުނެފައިވާ ގޮތުން، މައްސަލާގައި ތުހުމަތުކުރެވޭ ފިިރިހެން މީހާ ވަނީ މޫދުގައި އުޅުނު އެހެން ކުދިންގެ ކައިރީގައި ވެސް އެކަހެރި ހިސާބުތަކަށް ދާން ބުނެފައެވެ. އަދި ބައެއް ކުދިންގެ ނުރުހުމުގައި އެ ކުދިންގެ ގައިގައި އަތްލާން ވެގެން އުޅެފައެވެ.

އެގޮތުން އޭނާ ފުލުހުންނާ ހަވާލުކުރި ކަމަށާއި، އެ މީހާއަކީ ހުޅުމާލޭ ފޭސް 1 ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރުކުރި ވާހަކައެއް ފުލުހުން އަދި ނުބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު