Saturday, October 31
މަސް ބޯޓު ތަކެއް ބަލައި ފާސްކޮށް ބިދޭސީން ތަކެއް ބަންދުކޮށްފި

މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކެއް ބަލައި ފާސްކޮށް ބިދޭސީން ތަކެއް ބަންދުކޮށްފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަހީދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން މިއަދު މި ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލައިފައެވެ. މިއީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ރެކޯޑް އަދަދެކެވެ.
.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު