2025 ވަނަ އަހަރުގެ މޭ/ޖޫން ކޭމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެޕްލިކޭޝަން ފޯމް, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ކައުންޓަރުންނާއި ( ހ.އަޝްރަފީ ވިލާ، ދެވަނަ ފަންގިފިލާ. މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް ފޯމް ހުށަހަޅާނަމަ މެއިލް ކުރާނީ [email protected] އަށެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން 13:30 އަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، މި އެޕްލިކޭޝަންތަކަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ފޯމް ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުމަށް ތަޢުލީމީ ވުޒާރާއިން އަންގާފައިވެއެވެ.
މި ލިޔުން ކިޔާލުމުން