Saturday, October 31
އަންނަ އަހަރު ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ފަށަން އޮތީ ރޭވިފައި: ޒަމީރު

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއް ބާކީނުވާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު މޫސާ ވަޒީރު މިއަދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ވިދާޅުވީ މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނައިގެން މަޝްރޫއުތަކަށް ކުދި އަދަދުތަކެއް ހިމަނައިގެން އެ ކަންކަން ފަށައިފިނަމަ މަޝްރޫއުތަކުގެ ޕައިޕްލައިނުގައި ކުރިއަށްނުދާ މަޝްރޫއުތައް ގިނަވެ، ތޮއްޖެހިގެންދާނެ ކަމަށެވެ.

އެގޮތަށް ދިމާވާ ސަބަބުތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބަޖެޓުގައި މަޝްރޫއު ހިންގުމަށް ފައިސާ ނެތިގެން ނުވަތަ ސަރުކާރުގެ ކޭޝްފްލޯގައި މަޝްރޫއުތައް ހިންގޭނެ ފައިސާ ނެތިގެން މަޝްރޫއުތައް މަޑުޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔަ އަހަރުތަކެއް ކުރިން އެމްޓީސީސީއަށް ވެސް ކޮންމެ ދުވަހަކު ވެސް ޕްރޮޖެކްޓެއް ހަވާލު ކުރެވިގެން އެންމެ ފަހުން ނިމިގެންދިޔައިރު، އެމްޓީސީސީގެ ޕައިޕްލައިނުގައި ވެސް އެބައުޅޭ ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާ ފައިނޭންސް ކުރެވޭނެ ގޮތެއް ނެތި.

ވަޒީރު ވިދާޅުވީ މިހާރު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ މަޝްރޫއުތައް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް، މަޝްރޫއުއަށް ތައްޔާރުވުމަށް އެކަށައަޅާ ފަންޑުގެ ތެރެއިން ފުރިހަމަކުރުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުން މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތަށް މަސައްކަތްކުރާއިރު، އެއްވެސް ރަށެއް އުނިވެފައި ނޯންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ އަންނަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކާއި، ސިޓީތަކާއި، މާލެ ވެސް ހިމެނޭ ގޮތަށް މަޝްރޫއުތައް ފަށަން ރޭވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު