Saturday, October 31
ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރުން: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މި މަހުގެ ހަތްވަނަ ދުވަހުގެރޭ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓްގައި މީހަކު ރަހީނުކުރީ 12 މީހުން ހިމެނޭ ގުރޫޕަކުންނެވެ.

ފުލުހުން ވަނީ އެ މީހާ ރަހީނުކުރިތާ ގާތްގަނޑަކަށް 40 މިނެޓް ތެރޭގައި ސަލާމަތްކޮށް އެ އެންމެން ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަދެއެވެ.

ފުލުހުން ވަންއިރު ރަހީނުކުރި މީހާގެ ބޯ ހުރީ ބާލައިފައެވެ. އަދި ވަޅިން އޭނާގެ އިނގިލި ބުރިކޮށްލަން ހުރީ ތައްޔާރުކޮށްފައެވެ.

މި މައްސަލާގައި އެ 12 މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ ހަތް ދުވަހަށް އެ އެންމެން ބަންދުކުރުމަށެވެ.

ފުލުހުން މިއަދު ބުނީ އެ މުއްދަތު ހަމަވުމާއެކު ކޯޓަށް ހާޒިރުކުރުމުން،އަޙްމަދު ޒާހިދު ފަސް ދުވަހަށް، އަލްމާން ޢަލީ ޚާލިދާއި، މުޙައްމަދު އިޒްކާން އާއި، އިޛާން އަޙްމަދު އަށް ދުވަހަށް އަދި ބާކީ ތިބި އަށް މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު