Saturday, October 31
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިޔާސީ ޕާޓީގެ ގާނޫނަށް 04 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް 04 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު މިއަދު މި ބިލު ތަސްދީގުކުރެއްވުމާއެކު އާ އިސްލާހުތަކަށް އަމަލުކުރަން ފެށުނީއެވެ.

އެގޮތުން ސިޔާސީ ޕާޓީއެއް އުވައިލެވޭ ހާލަތެއްގައި، އުވާލާފައިވާ ސިޔާސީ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލައާއި އެ ނޫން ވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 އަހަރު ފަހުންނެވެ.

މީގެއިތުުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި، %0.2 ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ. އަދި ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާ އިސްލާހުކޮށްފައިވާއިރު، އެގޮތުން ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ހަމައެއާއެކު ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު