ގއ. އަތޮޅުގެ ފަޅުރަށަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ ފުލުހުންގެ ނާކޮޓިކް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ފަޅު ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެތީގެ ބަރުދަނަކީ 163 ގްރާމެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން