ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ އައު ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު މިއަދު ފޮނުއްވި ސިޓީގައި ވަނީ ޕްރަބޯވޯގެ ކުރިއަށް އޮތް ދައުރުގައި ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރެވި، ސުލްހަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖެއާއި އިންޑޮނޭޝިއާއާ ދެ ގައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސްގެ ސިޓީ ނިންމަވާލައްވަމުން ވަނީ ރައީސް ޕްރަބޯވޯއަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައެވެ. އަދި އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން