2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަންގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ.
— Inquiry Commission (@InquiryCom) June 17, 2025
ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ.
ކޮމިޝަން ރައީސް އުފެއްދެވީ އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލި ޒުވާނުންތަކެއް މުޒާހަރާވެސް ކުރިފަހުންނެވެ.
ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
މި ލިޔުން ކިޔާލުމުން