މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ނެރުނު ބަޔާން ކެންސަލްކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މީގެ އިރުކޮޅެއް ކުރިން ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކޮށް ފޭސްބުކް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރި ޕޯސްޓު ވަގުތީ ގޮޮތުން ޑިލީޓްކޮށްފައިވާ ކަމަށާއި އަދި އެ ބަޔާނުގައިވާ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ކަމާގުޅޭ ތަންކޮޅެއް ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް ކަށަވަރުކޮށް އިތުރު އަދާހަމަަތައް މީޑިއާއާ ހިއްސާކުރާނެ،" ފުލުހުން
ކެންސަލްކުރި ބަޔާނުގައި ފުލުހުން ބުނެފައިވަނީ މިއީ "ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް" ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އޭރު ފުލުހުން ވަނީ ބުނެފައެވެ
މި ލިޔުން ކިޔާލުމުން