ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑލައިން ހެލްތު މިނިސްޓްރީން މިއަދު ނެރެފިއެވެ.
މި ގައިޑްލައިން ނެރެދެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް މިސް. ޕޭޑެން އެވެ.
މި ގައިޑް ލައިންގައި ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ އިމަރޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނޭއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ޞިއްޙީ ހިދުމަތެރިން އަމަކުރާނެ ގޮތުގެ މައުލޫމާތު ހިމެއެވެ.
މި ގައިޑްލައިން ނެރެދެއްވުމަށް ފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައ ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެކަމަށެވެ.
Minister @ANazim2019 and @WHOMaldives representative, Ms. Payden launched the emergency medical services (EMS) protocol and Mass Casualty Management (MCM) guideline, in a ceremony held today at the Ministry of Health. pic.twitter.com/KSyfoJCyYy
— Ministry of Health (@MoHmv) February 25, 2025
މި ގައިޑް ލައިމަނުގައި ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ އިމަރޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނޭއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތް ލިބެން ހުރި ދަތިތަކަށް ވުރެ ބޮޑަށް ޚިދުމަތް ދިނުމުގެ ނިޒާމު ވަށާ ޖެހޭ އުސޫލެއްގެ ތެރެއިން ގުޅިފައި ނެތުންކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކަންކަން ތަރުތީބު ކޮށް ސިއްޙީ ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން