Saturday, October 31
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރު ދޭ އަދަދު 30 އިންސައްތަ އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު އިތުރުކޮށްފިއެވެ.

މީގެ ކުރިންވެސް ބީއެމްއެލް އިން ބޮޑެތި ފިޔަވާރިތަކުގެ ޓީޓީއަށް ޑޮލަރު ދެމުން އައިއިރު، މިހާރު ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ޓީޓީގެ މުޢާމަލާތްތަކަށް 30 އިންސައްތަ ޑޮލަރު ބޭންކުން ދޭނެއެވެ. މީގެ ކުރިން މިފަދަ ވިޔަފާރިތަކަށް ބީއެމްއެލް އިން ޑޮލަރު ދޫކުރަމުން އައީ 5-10 އިންސައްތައާ ދެމެދުގެ އަދަދަކަށެވެ.

ވިޔަފާރިތަކުގެ ޓީޓީ މުޢާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައިވާއިރު، ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.

އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށާއި، މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ. ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު