ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގް ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފައެވެ. މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިންގް ލިބޭނެއެވެ.
ބީއެމްއެލް އިން ބުނީ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނަބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކޮމާޝަލް ޕްރޮޕަރޓީ ފައިނޭންސިންގް ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް ކަމަށާއި، މި ފައިނޭންސިންގް އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ ކަމަށެވެ.
އަދި ބީއެމްއެލް އިން ބުނީ މި އައު ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްޤީކުރުމުގެ ލޯނާއި ފައިނޭންސިންގ، އެސްއެމްއީ ފައިނޭންސިންގ، ޓްރޭޑް ފައިނޭންސް އަދި ވަރކިންގ ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެއެވެ.
މި ލިޔުން ކިޔާލުމުން