Saturday, October 31
ފަތުރުވެރިކަމުގެ ދާއިރާގައި ބީއެމްއެލް އާއި އެމްއައިބީގެ ބައިވެރިވުން އިތުރުކުރަން މަޝްވަރާކޮށްފި
ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ބައިވެރިވުން އިތުރު ކުރުމަށް މަޝްވަރާކޮށްފިއެވެ. މިިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަރަޔަރމަންޓް ތޯރިޤް އިބްރާހީމް ވަނީ މި ދެ ބޭންކްގެ އިސްވެރިންނާއި އެކު ވަކިވަކިން  ބައްދަލުކުރައްވާ މިކަމާއި ގުޅޭ މަޝްވަރާކޮށްފައެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. މި  ބައްދަލުވުމުގައި ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ޚާއްޞަ ލޯނު ސްކީމްތަކެއް ތަޢާރަފުކުރުމަށް ވިސްނަމުންދާކަމަށްވެސް ވިދާޅުވައެވެ. މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެފައިވަނީ، ކުރިއަށް އޮތްތާގައި މި ދެ ދާއިރާއަށް އަމާޒުކޮށްގެން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށްވެސް އެއްބަސްވެފައިވެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއާ އާއި އެކު ކުރެވުނު މަޝްވަރާގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމުގެ މުހިންމުކަމާއި މި ދާއިރާގައި އެމްއައިބީގެ ދައުރު އިތުރުކުރުމަށް ސަރުކާރުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް އެ ބޭންކުން ޝައުޤުވެރިކަން ހުރިކަން ހާމަކޮށްފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ފައިނޭންސްކުރުމަށް ވެސް އެ ބޭންކުން ތައްޔާރަށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު