Saturday, October 31
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.9 ކުރިއެރުމެއް
ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 4.9 ޕަސެންޓް އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މާރޗްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 481،966 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް ވުރެ އިތު އަދަދެކެވެ. މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާ އިންނެވެ. އެއީ 62،278 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިން 48،651 އަދި އިނގެރޭސިވިލާތުން 48،364 ފަތުރުވެރިންނެވެ. މީގެ އިތުރުން ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އިޓަލީ، ޖަރުމަން، އިންޑިއާ، ފްރާންސް، އެމެރިކާ ހިމެނެއެވެ. ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.6 ޕަސެންޓް ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު