އަންނަ އަހަރު ޑިޖިޓަލް މާރކެޓިންގ ކެމްޕެއިންތަކަށް ބޮޑަށް އިސްކަން ދޭނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ އިން ބޭއްވި ނޫސްވެރިންގެ ބައދަލުވުމެއްގައި ޗެއަރޕާސަން އަބްދުﷲ ޤިޔާސް ވިދާޅުވީ އިންޓަނެޓްގެ އެކި ޑޭޓާ ތަކަށް ބަލާއިރު، ގިނަ ބަޔަކު ރާއްޖެއަށް ޝައުގުވެރިވާކަން ފާހަގަކުރެވޭ ކަމަށެވެ. ޤިޔާސް ވިދާޅުވީ "އޮންލައިން މިނީ ކެމްޕެއިނެއް" ދާދިފަހުން ކުރިއަށް ގެންދިޔަ ކަމަށާއި އެ ކެމްޕެއިން ތެރެއިންވެސް 22 މިލިއަން އިމްޕްރެޝަން އެއްމަސް ދުވަހުގެ ތެރޭގައި ލިބިގެންދިޔަކަމަށެވެ.
" އަޅުގަނޑުމެން ޓެސްޓްކުރިން އޮންލައިން މިނީ ކެމްޕެއިނެއް. މަންތެއްތެރޭ ފެނުނު 22 މލިއަން އިމްޕްރެޝަން. އެހެންވީމަ އޭގެ ކާމިޔާބީގައި އަޅުގަނޑުމެން މި އެޅެނީ އެކި މިނީ ކެމްޕެއިން ތަކެއް ލޯންޗްކުރަން އެއީ ޑިޖިޓަލީ ޑްރައިވަން. ޑިޖިޓަލް ސްކޭލްއެއްގައި ކޮލަބްރޭޓް ވެގެން ކުރިއަށް ދެންދާނީ" ގިޔާސް ވިދާޅުވި އެވެ.
އެމް.އެމްޕީ.އާރު. ސީ އިން ވިދާޅުވީ އެ ކުންފުނީގެ ތަޖުރިބާއަށް ބަލާއިރު، ފެއާތަކަށް ދިއުމަށްވުރެ ޑިޖިޓަލްކޮށް މާކެޓް ކުރުމުން ލިބޭ ސަމާލުކަން މާ ބޮޑު ކަމަށެވެ. އެހެންކަމުން ލިބިފައިވާ ބަޖެޓުގެ ތެރެއިން، ޑިޒިޓަލް މާކެޓިންއަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ނަތީޖާ ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.
މިފެށޭ 2025 ވަނަ އަހަރު އާ ކަންތައްތަކާ އެކު، ގިނަ ހަރާތްތަކެއް ހިންގުމަށް އެމްއެމްޕީއާރުސީން ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ވިޒިޓް މޯލްޑިވްސް ޝޮޕް ލޯންޗްކުރުމާއި، ވިޒިޓް މޯލްޑިވްސް އެކަޑަމީއެއް ޤާއިމުކޮށް ޑެސްޓިނޭޝަން ސްޕެޝަލިސްޓް ސެޓްފިކެޓް ދިނުން ފަދަ އާ ކަންކަން ފައްޓަވާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
މިއަހަރު ރާއްޖެއަށް ވަނީ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދާއި އެކު މިހާރު ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ 2025 ގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ.
މި ލިޔުން ކިޔާލުމުން