Saturday, October 31
މިއަހަރުގެ ބީއެމްއެލް ސްކޮލަޝިޕް ފަންޑް ތިން މީހަކަށް ދީފި

މާލީ އަދި ބޭންކިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފައިވާ ސްކޮލަރޝިޕް މިއަހަރު ލިބުނު ފަރާތްތައް އިއުލާންކޮށްފިއެވެ.
ބީއެމްއެލްގެ މިއަހަރުގެ ސްކޮލަަރޝިޕް ލިބުނީ ރީޝަމް މުޙައްމަދު، ނޫރުހާން މުޙައްމަދު މޫސާ، އައިޝަތު ޝަރާ ނަސީރު އެވެ.
މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ ގެ އިތުރުން މަހުން މަހަށް ހިނގާނެ ޚަރަދުގެ އިތުރުން ވިސާ ފީ އަދި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ހަމަޖެހިަފައިވާ ކަމަށް ބޭންކް އޮފް މޯލްޑްިވްސް އިން މައުލޫމާތުދެއެވެ.
ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުލިބޭނެއެވެ.
ބީއެމްއެލް ސްކޮލަޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު 6 ކުއްޖަކު ކިޔަވަމުންދެއެވެ.
މިއީ 2022 ވަނަ އަހަރުން ފެށިގެން ބޭންކުން ދެމުންދާ ސްކޮލަޝިޕްތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު