Saturday, October 31
މުލީ އެއަރޕޯޓަށް މާރިޗް 1 ގައި ޓެސްޓް ފްލައިޓް ޖައްސަނީ

މ. މުލީ މުލީގައި ތަރައްޤީކުރާ އެއަރޕޯޓަށް މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ތައްޔާރުވަމުންދާ  ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ޓެލެވިޜަން މޯލްޑިވްސް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ  މުލީ އެއަރޕޯޓަށް ފްލައިޓް ޖެއްސުމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަޔަރ އަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި މެޝިނަރީޒް ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މުލީ އެއަރޕޯޓް ގެ މަސައްކަތް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީ އިންނެވެ. މުލީގައި 14 ހެކްޓަރުގެ ބިން ހިއްކައިގެން 1،200 މީޓަރުގެ ރަންވޭއަކާއެކު، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 230 މިލިއަން ރުފިޔާއަށް 2021 ވަނަ އަހަރުއެވެ.

މުލީ އެއާޕޯޓަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މަސައްކަތެކެވެ. ނަމަވެސް މިހާރު އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފާ އެރަށުގައި ބާއްވައިގެން އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ޓާމިނަލް ނިންމުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އިން މިހާރު ކުރަމުންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ދަށުން މިހާރުވެސް ރާއްޖޭގެ 8 އެއަރޕޯޓް ބަލަހައްޓަމުން އެބަގެންދެއެވެ. އޭގެ ތެރެއިން އެންމެ އަވަހަށް ދެން ހުޅުވޭނީ މ.މުލީ އެއަރޕޯޓެވެ.

މ. އަތޮޅަކީ ރާއްޖޭގެ އެއަރޕޯޓެއް ނެތް އމަދު އަތޮޅު ތެރޭގައި ހިމެނޭ އެއް އަތޮޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު