Saturday, October 31
ލ. ގަމުގައި 52 ކޮޓަރީގެ އިކޯ-ލަގްޒަރީ ހޮޓަލެއް އެޅުމަށް ސޮއިކޮށްފި

ލ. ގަމުގައި 52 ކޮޓަރީގެ އިކޯ ލަގްޒަރީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ އާއި ބައިސަން ޓްރެވަލް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ބައިސަން މޯލްޑިވްސް އިން ބުނީ މި ހޮޓަލުގައި ހުންނާނީ ޑުޕްލެކްސް ލަގްޒަރީ ވިލާތަކެއް ކަމަށެވެ. އޭގެ އިތުރުން ކޮފީ ބަރ އެއެގެ އިތުރުން ރެސްޓޯރަންޓެއްވެސް ހުންނާނެއެވެ. މިމަހުގެ 18 ވަނަ ދުވަހު އެއބަސްވުމުގައި ސޮއިކުރި މި ހޮޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ލ ގަމު ކައުންސިލް ރައީސް އަހްމަދު ޒަކީ "ސަބަބު" އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅު ކައުންސިލާއި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު  ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ހޮޓެލް އަންނަ އަހަރު ހުޅުވިގެންދާނެ ކަމަށެވެ. މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދަށް ފާހަގަ ކުރެވޭ ފަދަ ކުރިއެރުމެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުހިންމު މަޝްރޫޢުގެ ސަބަބުން، ގަމުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މި ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން ގަމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ހޮޓެލް އެޅުމަށް ހަމަޖެހިފައިވަނީ 50،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު