Saturday, October 31
އޭޑީކޭ ހޮސްޕިޓަލާއި އެމްއެމްޕީއާރުސީ ގުޅިގެން ރާއްޖެއަށް މެޑިކަލް ޓޫރިޒަމް ތައާރަފުކުރަނީ

ރާއްޖެއަށް މެޑިކަލް ޓޫރިޒަމް ތައާރަފުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އޭޑިކޭ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.އްބަސްވުމުގައި ސޮއިކުރުމާއި ގުޅޭގޮތުން އޭޑީކޭ އިން ސޯޝަލް މިޑިއާ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެޑިކަލް ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އިގްތިޞޯދު އިތުރަށް ކުރިއެރުމަށްވެސް ރަނގަޅު އަސަރުކުރާނެ ކަމަށެވެ.

އެމް.އެމް.ޕީ އާރު.ސީން ބުނީ މިއީ ރާއްޖޭގެ މެޑިކަލް ޓޫރިޒަމް ގެ ފުރުޞަތުތައް ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު