Thursday, November 5
ތުޅާދޫގައި ތެލުގެ ވިޔަފާރިއަށް ބިން ދޫކުރަނީ

ބ. ތުޅާދޫ އިން ތެލުގެ ވިޔަފާރިކުރުމަށް 30 އަހަރަށް ބިމެއް ދޫކުރަން ނިންމައިފިއެވެ.

ތުޅާދޫ ކައުންސިލުން މިހާރު ވަނީ  ތެޔޮ ޝެޑެއްހަދައި ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް، 30 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ  ތެޔޮ ޝެޑެއްހަދައި ތެލުގެ ހިދުމަތްފޯރުކޮށްދިނުމަށް 5512 އަކަފޫޓުގެ ބިމެކެވެ. އަދި ފިއުލް ޑިސްޕެންސަރު ބެހެއްޓުމަށް 100 އަކަފޫޓޫގެ ސަރަޙައްދެކެވެ.

ކައުންސިލުން މިހާރު ވަނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ހިމެނޭ ބިޑް ޑޮކިއުމެންޓްވެސް އާއްމުކޮށްފައެވެ.

ބިޅަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ. ކައުސިލުން ބުނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހެށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށެވެ.

ބީލަން ހުށަހަޅާ ހުޅުވުން އޮތީ މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކައުންސިލް އިދާރާގައެވެ.

ތުޅާދޫ އަކީ ބ އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެރަށުގެ އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން ތިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު