އާދިއްތަ, November 1
މާފަންނު ކެފޭއެއްގެ ތެރޭގައި އިން މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މާފަންނު ޝާރިއު ވަރުދީ މަގުގައި ހުންނަ "ޒެން ބިސްޓްރޯ" ކެފޭ ތެރޭގައި އިން މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިރޭ ދިހައެއް ޖަހައިކަން ހާއިރު މާފަންނު ކެފޭއެއްގައި އިން މީހަކު ހަބަރު ހުސްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފަކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައިވަނީ މާލެ، މ.މޫން ޑްރޮޕްސް، އަހުމަދު ޝަރީފް (58އ) އެވެ.

އިއްޔެ ޝަރީފް އެފްބީގައި ކޮށްފައިވާ ޕޯސްޓް
އިއްޔެ ޝަރީފް އެފްބީގައި ކޮށްފައިވާ ޕޯސްޓް

"ސަބަބު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް އިނީ މާފަންނު ކެފޭއެއްގެ ތެރޭގައި ޖޫސްބޯންށެވެ. ޖޫސްތަށި ބޮއެބޮއެ އިންދާ ހަބަރު ހުސްވެގެން ވެއްޓުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު