Thursday, October 8
މަސްތުވާތަކެތީގެ މައްސަލައިގަ ވިލިމާލެއިން ފިލްމީ ދާއިރާގެ ތިން މީހުން ހައްޔަރުކޮށްފި

ތިލަމާލެ ބްރިޖް ވިލިމާލެއާ ދިމާލުން/ފޮޓޯ- މިނިސްޓްރީ އޮފް ހައުސިންގް

ވިލިމާލޭގައި ފުލުހުން ހިންގަމުންދާ ޚާއްޞަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އަދި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ވެސް ހިމެނޭކަމަށް ފުލުހުން ހާމަކުރިއެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްޞީލުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު