އާދިއްތަ, November 1
ހިޔާ ފްލެޓް ޓަވަރަކުން ޒުވާން ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓުގެ އެޗް5 ޓަވަރުން ޒުވާން ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިޔާ ޓަވަރު ފަހަކުން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައޫލޫމާތު މިރޭ 1:26 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްކަމާށާއި، އެކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައޫލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު