އާދިއްތަ, November 1
ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ފަޅި ހައިވޭ ބަންދުކޮށްފި

ޓެކްސީ ޑްރައިވަރުން ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހައިވޭ ބަންދުކޮށްފި އެވެ.

އާއްމު ދަތުރުފަތުތަކަށް ހުރަސް އަޅައި، އެ ސަރަހައްދު ހަތަރުފުރޮޅުލީ އުޅަނދުތަކުން ބަންދުކޮށް، އެ ސަރައްދުގައި އިހްތިޖާޖު ދަނީ ކުރަމުންނެވެ.

ޓެކްސީ ބޭނުންކޮށްގެން އެ މަގު ބަންދު ކޮށްފައި ވާއިރު، އެ މަގުން ހަމައެކަނި ދަތުރު ކުރެވެނީ ސައިކަލަށެވެ.

މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން ފެށި އިހުތިޖާޖު އަދިވެސް ދަނީ ކުރަމުންނެވެ. ޓެކްސީ ޑްރައިވަރަކު "ސަބަބާއި" ވާހަކަ ދައްކަމުން ބުނީ އިހްތިޖާޖު ދެން ހުއްޓާނީ ސަރުކާރުން އެމީހުންގެ ހައްގުތަށް އަލުން އަނބުރާ ދޭން އެއްބަސްވީމަ ކަމަށެވެ.

އެ ސަރަހައްދުގައި މިހާރު ފުުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގައި 20-30 ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ޓެކްސީތައް ޓޯ ކުރުމަށް އެ ސަރަހައްދަށް ވަނީ ވެހިކަލްތައްވެސް ގެނެސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު