އާދިއްތަ, November 1
އާޓިފިޝަން ބީޗް ކައިރީ މަގުމައްޗަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

މިއަދު ހެނދުނު އާޓިފިޝަން ބީޗް ކައިރީގައި މަގުމައްޗަށް ވެއްޓުނު މީހަކު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މިއަދު ހެނދުނު އާޓިފިޝަން ބީޗް ކައިރީގައި މަގުމައްޗަށް ވެއްޓުނު މީހަކަށް ފުލުހުން އެޓެންޑްވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 10:03 އެހާކަށްހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ނިޔާވީ ސ. ހިތަދޫ/ ސޯސަންގެ، މުޙައްމަދު ޝަރީފް (53 އަހަރު) ކަަމަށެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު