އާދިއްތަ, November 1
ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ މޫދުން ނެގި މީހާ ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ މޫދުން އަނިޔާވެގެން މިއަދު ނެގި މީހާ ނިޔާވެއްޖެ އެވެ.

މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަނިޔާތަކަކާ އެކު މޫދުގައި އޮއްވާ މިއަދު ނެގިމީހާ އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ ކަމަށެވެ. އަދި އެއީ 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަނިޔާތަކާ އެކު އެމީހާ މޫދުގައި އޮތްވަ، އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ބޭރު ތޮށި ކައިރިން އެމީހާ އެއްގަމަށް އަރުވާ ގޮތަށް އެމްބިއުލާންސްއަށް ލައިގެން ގެންދާ މަންޒަރެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު