އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން އަނެއްކާވެސް މީހަކު މަސައްކަތް ކޮށްފި އެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ޕެންސިލްވޭނިޔާގައި ޓްރަމްޕް ބޭއްވި އެއްވުމެއްގައި ޓްރަމްޕް އަވަހާރަކޮށްލަން މީހަކު މަސައްކަތް ކުރި ހާދިސާ އަށް ދެ މަސް ވީ ފަހުންނެވެ. މި ހާދިސާގައި ޓްރަމްޕަށް އަނިޔާތަކެއް ލިބި އާންމުންގެ ތެރެއިން އެތަނަށް އެއްވެ ހުރި މީހަކު ވަނީ މަރު ވެފައެވެ.
މިފަހަރު ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވަނީ ޓްރަމްޕް އިންޓަނޭޝަނަލް ގޯލްފް ކޯސްގައި ހުންނަވަނި ކޮށެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހާ ފުރަތަމަ ފެނުނީ ކޯސް ސާފުކުރަމުން ދިޔަ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށެވެ. އޭނާ ފެނުމާއެކު އެފްބީއައިގެ އޭޖެންޓުން ވަނީ ޓްރަމްޕް ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ.
ސީކްރެޓް ސާވިސްގެ އޭޖެންޓުންނަސް މި މީހާ ފެނުމާއެކު އެ މީހުން އޭނާއާ ކުރިމަތިލި ކަމަށާ ހަމަލަ ދޭން ފެށުމުން އެ މީހާ ކާރެއްގައި ފިލައިގެން ދާން މަސައްކަތް ކުރިކަމަށް އެފްބީއައި އިން މައުލޫމާތު ދެއެވެ. އެކަމަކު އާންމުންގެ އެހީއާ އެކު އެ ކާރު ދެނެގަނެ އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ.
ރަސްމީ އިދާރާތަކާއި ޓްރަމްޕްގެ ކެމްޕެއިނުން ވެސް ބުނި ގޮތުގައި މި ހާދިސާގައި ޓްރަމްޕަަށް އެއްވެސް އަނިޔާއެއް ނުވެ ހުންނެވީ ސަލާމަތުންނެވެ.
ޓްރަމްޕް އޭނާގެ ފަންޑް ރެއިޒިން ވެބްސައިޓްގައި ވެސް ހަމަލާގެ ފަހުން ލިޔުއްވާފައިވެ އެވެ.
"ބިރުގަންނާނެ ކަމެއް ނެތް. އަޅުގަނޑު މި ހުރިހާ ގަދަވެ ސަލާމަތުން. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ ...،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މި ލިޔުން ކިޔާލުމުން