ޅ އަތޮޅު ނައިފަރު ހޮސްޕިޓަލްގެ ސާވާރަ ބަޔަކު ހެކްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މިހާރު މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުންގެ ޚާއްސަ ޓީމެއް ނައިފަރަށް ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލާގައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ނައިފަރު ހޮސްޕިޓަލްގެ ސާވަރ ބަޔަކު ހެކްކޮށްފައި ވާއިރު އެ ހޮސްޕިޓަލަކީ ޅ އަތޮޅުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ. ސާވާ ހެކްކުރުމުގެ ސަބަބުން އެ ހޮސްޕިޓަލްގެ ވެބްސައިޓަށްވެސް މިހާރު ނުވަދެވެ އެވެ. ވެބްސައިޓް ޑައުން ވުމުގެ ސަބަބުން އެ ހޮސްޕިޓަލުންދޭ ބައެއް ޚިދުމަތްތަކަށް ވެސް ވަނި ބުރޫ އަރާފައެވެ.
ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން