އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމުގެ އުސޫލު ބަދަލު ނުވާ ކަމަށާއި ކުރިން އޮންނަ އުސޫލާއި އެއްގޮތަށް އެވޯޑު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަފީއު ނޫހަކަށް މައުލޫމާތު ދެއްވި ގޮތުގައި އޯ ލެވެލް ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ފެތުރުނު ނަމަވެސް، އޮންނަ އުސޫލުގެ ތެރެއިން އެވޯޑު ދޭނެ ދުވަސް އިއުލާން ކުރާނެ ކަމަށެވެ.
އޯލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ މި މިނިސްޓްރީގެ އުސޫލުތަކާއެކު ފާހަގަކުރެވޭނެ. މިހާތަނަށް އުސޫލެއް ބަދަލެއް ނުކުރަން. އެހެންކަމުން ޑޭޓަކާއެކު އެކަން ކުރިއަށްގެންދާނެ ގޮތް އަޅުގަނޑުމެން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުން ދިގުލައިގެންދާތީ ބައެއް ބެލެނިވެރިންނާއި ދަރިވަރުން އެކަމާ އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ސަރުކާރަށް އޯލެވެލް ގަދަ 10 އެވޯޑު ދޭނެ ދުވަހެއް ކަނޑަނާޅާތީ އެކަމާ ހިތްހަމަ ނުޖެހުން ވެސް އަންނަނީ ފާޅު ކުރަމުންނެވެ.
އޭ ލެވެލްގެ ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ނަމުގައި މިއަދު ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން އިނާމު ހަވާލުކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން